މީގެ ދުވަސްތަކެއް ކުރިން ސަލްމާން މިސްކިތުގައި ހުކުރު ނަމާދެއްގައި މަސްލަހަތު ނަގާލައިގެން ހައްޔަރުކޮށް ދޫކޮށްލި މީހާ، އެންވަޔަރަންމަޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އަލީ ވިދާޅުވީ ހުޅުމާލޭގައި ސައިކަލުގައި ދަނިކޮށް ސައިކަލެއްގައި އެމީހާ އައިސް ތިޔައީ ސަރުކާރު މީހެކޭ ދުއްވާލަން ޖެހޭ މީހެކޭ ބުނެ ދިމާކުރި ކަމަށާއި ކަޓަރެއް ނަގާ ކަރުގައި ޖެއްސި ކަމަށެވެ. އެވަގުތު އެ ސަރަހައްދުން ދިޔަ ޔުނިފޯމު އެޅި ސިފައިންގެ ބޭކަލަކަށް ގޮވުމުންވެސް އެހީ ނުވެ ދިޔުމުން ސަލާމަތްވާން ސައިކަލު ދުއްވާލި ވަގުތު ދެމީހުން ވެއްޓުނު ކަމަށާއި ދެން ދުވެފައި ގޮތް ޕިކަޕަކަށް އެރި ކަމަށެވެ.
ފަހަތުން އައިސް ހަމަލާދީ ޒަހަމްކޮށްލި ކަމަށެވެ.
"އެމީހާ އުޅުނީ ކޮންމެވެސް އާޔަތެއް އަހަންނަށް ކިޔާދިނުމަށްފަހު ކަތިލަން، ސިފައިންގެ މީހާ އަޅާނުލާ ދިއުމުން ވަރަށް ދެރަވި، ދިން ހަމަލާގައި އަތުގެ އުޅަނބޮށި ތިރިން ކަފައިގެން ދިޔަ" އަލީ ވިދާޅުވިއެވެ.
މިކަމުގައި އަދި ފުލުހުންގެ ކޮމެންޓެއް ލިބިފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް