ފާއިތުވި ހަފްތާގައި ރާއްޖެއިން 99 މީހަކަށް ކޮވިޑު ޖެހުނު

ފާއިތުވި ހަފްތާގައި 99 މީހަކަށް ކޮވިޑު ޖެހުނުކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެ އެޖެންސީއިން މިހެން ބުނެފައިވަނީ ކޮވިޑާއި ގުޅޭގޮތުން ކޮންމެ ހަފްތާއަކު ނެރެމުން އަންނަ ...

22 Aug 2022 | 08:30

ފާއިތުވި ހަފްތާގައި 99 މީހަކަށް ކޮވިޑު ޖެހުނުކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެ އެޖެންސީއިން މިހެން ބުނެފައިވަނީ ކޮވިޑާއި ގުޅޭގޮތުން ކޮންމެ ހަފްތާއަކު ނެރެމުން އަންނަ ތަފާސް ހިސާބުގައެވެ.

އެގޮތުން އެ ތަފާސް ހިސާބުގައި ބުނެފައިވާގޮތުގައި މި ހިނގާ އޯގަސްޓް މަހުގެ 14 އިން 20 އަށް 99 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެ މުއްދަތުގައި ނުވަ މީހަކު ކޮވިޑާއި ގުޅިގެން އެޑްމިޓްކޮށްފައިވެއެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި މާލެ ސަރަހައްދުން 16 މީހަކު، ރަށްތަކުން 35 މީހަކު އަދި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށާއި އެހެން ތަންތަނުން 48 މީހަކު މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

ފާއިތުވި ހަފްތާގައި 99 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ކުރީ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 98 މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް