ރިޔާސީ އިންތިހާބަށް އެކި ޕާޓީން ވިއްކަނީ އެކި އެއްޗެހި: ޝައިޚް އިމްރާން

ރިޔާސީ އިންތިހާބަށް އެކި ޕާޓީން ވިއްކާނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭނެ ކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ދައުލަތުގެ ހޯމް މިނިސްޓަރު، ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން ވި...

22 Aug 2022 | 08:20

ރިޔާސީ އިންތިހާބަށް އެކި ޕާޓީން ވިއްކާނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭނެ ކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ދައުލަތުގެ ހޯމް މިނިސްޓަރު، ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވެފައިވަނީ 2023 ގެ މަންޒަރުގައި މަޑުމަދުން ކުލަޖެހެންފަށައިފިކަމަށެވެ.

"އެކި ޕާޓީތަކުން ވިއްކަނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭ" އިމްރާން ވިދާޅުވެފައިވެއެވެ.

އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކެނީ ކޮން ޕާޓީއަކުން ކޮން ކެނޑިޑޭޓަކަށްތޯ އިމްރާން ސުވާލު އުފައްދާފައިވެއެވެ.

https://twitter.com/ShimranAb/status/1561415087583547392

އިމްރާން މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މިވަނީ ޕާޓީތަކުން ތައްޔާރުވާން ފަށާފައެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަން ހާމަކޮށް ރައީސް ޔާމީނަށް ޓިކެޓު އަރުވާފައިވާއިރު އަދި އެއް ދައުރަށް ރައީސް ސޯލިހްވެސް ކުރިމަތިލައްވާނެކަން ވަނީ ހާމަކުރައްވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް