އެސްޓީއޯއިން މަގޭ ހިޔާ 2022 ޕްރޮމޯޝަން ފަށައިފިއެވެ.
އެސްޓީއޯއިން ހާމަކުރާގޮތުގައި މި ޕްރޮމޯޝަން މިއަދުން (22 އޯގަސްޓް 2022) އިން ފެށިގެން ނޮވެމްބަރު މަހުގެ 10 އަކާއި ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.
މި ޕްރޮމޯޝަންގައި ގްރޭންޑް ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމު ދެވަނަ އިނާމަކަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމު އަދި ތިންވަނަ އިނާމަކަށް ފަސް ހާސްރުފިޔާގެ ގިފްޓް ވޯޗަރ ލިބިގެންދާނެކަމުގައި އެސްޓީއޯއިން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަސްދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. ޕީޕަލްސް ޗޮއިސްއިން ބައްލަވައި ގަންނަވާ މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމް ތަކަށް ހޭދަކުރާ ކޮންމެ 5،000 ( ފަސް ހާސް) ރުފިޔާއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާއިރު މި ޕްރޮމޯޝަންގައި ގްރޭންޑް ލަކީ ޑްރޯގެ އިތުރުން ކޮންމެ ހަފްތާއަކު ނަސީބުވެރިން ހޮވައި އިނާމް ދޭނެއެވެ.
މަގާ ހިޔާ ޕްރޮމޯޝަން ކުރިއަށްދާއިރު ބައްލަވައިގަންނަވާ މުދަލުގެ އަގަށް ބަލައި ތިން ޕެޖޭކެއްގެ ގޮތުގައި ހާއްސަ ޑިސްކައުންޓްތަކެއްވެސް ތައާރަފްކޮށްފައިވެއެވެ.
އެގޮތުން ރިހި ޕެކޭޖަށް ފެތޭނީ 15 ހާހާއި 25 ހާހާއި ދެމެދުގެ އަދަދެއްގެ ވިޔަފާރި ކުރައްވާނަމައެވެ. މި ޕެކޭޖުގައި އަގުގެ 12 އިންސައްތަ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. ރަން ޕެކޭޖަކީ 25 ހާހާއި 35 ހާހާއި ދެމެދުގެ އަދަދެއްގެ ވިޔަފާރި ކުރައްވާނަމަ ކަނޑައެޅިފައިވާ ޕެކޭޖެވެ. މި ޕެކޭޖުގައި 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދެއެވެ. އަދި ތިންވަނަ ޕެކޭޖުކަމުގައިވާ ހުދު ރަން ޕެކޭޖަކީ 35 ހާސް ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވާނަމަ ކަނޑައެޅިފައިވާ ޕެކޭޖެވެ. މި ޕެކޭޖްގެ ދަށުން 18 އިންސައްތައިގެ ޑިސްކައުންޓެއް ލިބިލައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް