ވިޔަފާރިއަށް ބޭރުން މުދާ ގެނައުމަކީ ބައެއް ފަހަރު ދަތި އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. ވަކިން ހާއްސަކޮށް ކުދި ވިޔަފާރިތަކަށް މި ކަމަކީ އުނދަގޫ ކަމެކެވެ.
ނަގިލި ސާވިސަސް އިން ހައްލު ހޯދައިދެނީ މި މައްސަލައަށެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން ވުޖޫދުވި ނަގިލި ސާވިސް އިން އަންނަނީ ވިޔަފާރިވެރިންނަށް ފަހި ހިދުމަތެއް ހޯދައިދިނުމުގައި ވިޔަފާރިވެރިންގެ އިތުބާރާއި ޔަގީންކަން ހޯދަމުންނެވެ.
ނަގިލި ސާވިސަސްގެ އެންމެ ބޮޑު އެއް މަސައްކަތީ ޗައިނާ މުދާ ރާއްޖެ އިމްޕޯޓްކުރުމުގައި މެދުވެރިއެއްގެ ރޯލު (ފްރައިޓް ފޯވާޑިން) ހުރިހާ އޯލް އިންކްލޫސިވް ޕެކޭޖެއްގެ ދަށުން ފޯރުކޮށްދިނުމެވެ.
ނަގިލި ސާވިސަސްގެ މި ހިދުމަތާއި ބެހޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ނަގިލި ސާވިސަސްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ތަސްނީމް ވިދާޅުވީ އެ ނަގިލި ސާވިސްއިން ބޭނުންވަނީ ވީހާވެސް ކުޑަ ރޭޓެއްގައި ކަސްޓަރުންނަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭނޭހެން "ފުލް ފްލެޖްޑް" ހިދުމަތެއް ދިނުން ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ މާކެޓް ރިސާޗް ކުރި އިރު މި އެނގުނީ މުދަލުގެ އަގު ބޮޑުވަނީ މުދާ ގެނައުމުގައި ދަތިތަކާ މި ޕްރޮސެސްގެ އަގު ބޮޑުވުމުގެ މައްސަލަ ބޮޑުކަމަށް" ނަގިލި ސާވިސަސް ފެށިގޮތް ހިއްސާކުރައްވަމުން ތަސްނީމް ވިދާޅުވިއެވެ.
ތަސްނީމް ފާހަގަކުރެއްވި ގޮތުގައި ކުރިން ނަމަ އާއްމު މީހަކު ބޭރުން މުދާކޮޅެއް ގެންނަ ނަމަ ފްރައިޓް ސާވިސް އަށް އެކަނި މަދުވެގެން 500 އެއްހާ ޑޮލަރު ހޭދަވާނެއެވެ. ނަމަވެސް ނަގިލި ސާވިސަސްގެ ޗައިނާ-ރާއްޖެ ފްރައިޓް ފޯވާޑިން ސީބީއެމް (ކިއުބިކް މީޓަރަކަށް) 265 ޑޮލަރަށް ހިދުމަތް ލިބިގެންދާނެކަން ތަސްނީމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ފުލް ކޮންޓެއިނަރ ވެސް އެބަ ގެނެސްދެން، ކޮންޓެއިނަރ ގެ ސީބީއެމް ވަކިން ގެނެވޭނެ ހިދުމަތްވެސް އެބަ ދެން، އަޅުގަނޑުމެންގެ އަގުގަ ހުރިހާ ކަމެއް ހިމެނިގެންދާނެ، ކަސްޓަމްސް ފޯމު ޖަހާދޭނެ، ކަސްޓަމްސް އިން ނެރެދޭނެ، ބުނާ ތާކަށް މުދާ ޑެލިވަރ ކޮށްދޭނެ، ކަސްޓަމްސް ޑިއުޓީ ނޫނީ ހުރިހާކަމެއް ހިމެނިގެންދާނެހެން އަގުތައް ހުންނާނީ" ތަސްނީމް ވިދާޅުވިއެވެ.
ނަގިލި ސާވިސަސްގެ ހިދުމަތް ފެށުނީއްސުރެ ހޯދަމުން އަންނަ ދެ ކަސްޓަމަރެއްގެ ކޮމެންޓްވެސް ދުވަހުން ހޯދާލީމެވެ. އެގޮތުން ފުރަތަމަ ކަސްޓަމަރ ފާހަގަކުރިގޮތުގައި ނަގިލި ސާވިސް އެ ކަސްޓަމަރަށް އެނގިގެންދިޔައީ ފޭސްބުކް ޕޯސްޓަކުންނެވެ.
"އެމީހުން މެދުވެރިކޮށް މުދާ ގެންނަން ނިންމި އެއް ސަބަބަކީ، އެއް ފަސޭހައަކީ ކުޑަކުޑަ މުދާކޮޅަކަސް ގެނެސްދޭތީ، މާލެއިނ ކަސްޓަމްސް އިން ކްލިއަރަންސް ހަދާފަ ހަމަ އަތަށް ލިބޭތީ، ވަރަށް ރެކޮމެންޑް ކުރަން ނަގިލި ސާވިސަސް" އެ ކަސްޓަމަރު ފާހަގަކުރިއެވެ.
ދެވަނަ ކަސްޓަމަރު ފާހަގަކުރީ މުއާމަލާތު ކުރުމުގައި ނަގިލި ސާވިސަސް ބަރާބަރު ކަމެވެ. އެގޮތުން ކޮންމެ ވަގުތަކު އަޕްޑޭޓެއް ބަލާލަން ބޭނުންވި ނަމަވެސް މިފަދަ އެހެން ހިދުމަތްތަކާ ހިލާފަށް ބަރާބަރަށް މުއާމަލާތް ކުރެވޭކަން އެ ކަސްޓަމަރު ފާހަގަކުރިއެވެ.
ނަގިލި ސާވިސަސް އިން އަދި މި ހިދުމަތް މައިގަނޑު ގޮތެއްގައި ދެނީ ޗައިނާއިން މުދާ އިމްޕޯޓްކުރައްވާ ފަރާތްތަކަށެވެ. ޗައިނާ މުދާ އަމިއްލައަށް ހޯދައި ނުވަތަ ސޯސިން އޭޖެންޓެއް މެދުވެރިކޮށް ނަމަވެސް ހޯދައި ގަތުމަށްފަހު ނަގިލި ސާވިސަސްގެ ވެއާ ހައުސް އަށް ފޮނުވާލުމުން އެހާހިސާބުން މުދާ ރާއްޖެ ގެނެސް ކަސްޓަމަރާ ހަމައަށް އިތުބާރާ ޔަގީންކަމާއެކު ފޯރުކޮށްދިނުމަކީ ނަގިލި ސާވިސް އިން ނަގާ ޒިންމާއެވެ. ނަގިލި ސާވިސަސްގެ ތަފާތު އިތުރު އަނެއް ކަމަކީ މުދާ ރާއްޖެ އައުމުން ނޫނީ ބިލް ނުކުރާ ކަމެވެ.
އެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އަބަދުވެސް ގަދައަޅާ މަސައްކަތް ކުރަމުން އަންނަކަން ނަގިލި ސާވިސަސްގެ އެމްޑީ ތަސްނީމް ފާހަގަކުރެއްވިއެވެ.
"ކުޑަ މުއްދަތެއްގެ ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން، އިރާދަކުރެއްވިއްޔާ ހޯދިއްޖެ، އަބަދުވެސް މަގްސަދަކީ އިހްލާސްތެރިކަމާއެކު ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މި ހިދުމަތް ފޯރުކޮށްދެމުން ގެންދިއުން" ތަސްނީމް ވިދާޅުވިއެވެ.
ނަގިލި ސާވިސަސް އިން މި ހިދުމަތް ފޯރުކޮށްދޭއިރު ބޭރު ފައިސާ އާއި ޑޮލަރު ހޯދުން ދަތިނަމަ އެކަމަށްވެސް ނަގިލި ސާވިސަސްއިން އަންނަނީ ހައްލު ފޯރުކޮށްދެމުންނެވެ.
ބޭނުންވާ ޕްރޮޑަކްޓް އެނގޭނަމަ އެ މުދަލެއް ހެޔޮ އަގުގައި މާކެޓުން ހޯދައިދިނުމުގެ ހިދުމަތްވެސް ނަގިލި ސާވިސަސްއިން ފޯރުކޮށްދެއެވެ. އަދި އެ މުދާ ގެންނަން ޑޮލަރު ލިބުން ދަތިނަމަ ދިވެހި ރުފިޔާއިން ނަގިލި ސާވިސަސް އަށް ޕޭކޮށްގެންވެސް މުދާ ގެނެވޭނެ އިންތިޒާމު ނަގިލި ސާވިސަސް އިން ފަހިކޮށްދެއެވެ.
މީގެ އިތުރުން ކަސްޓަމްސް ކްލިއަރަންސް އާއި ކަސްޓަމްސް ފޯމު ޖަހައިދިނުގެ ހިދުމަތް ނަގިލި ސާވިސަސް އިން ފޯރުކޮށްދެމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް