ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މަސްވެރިއަކު ލޯނު ނުދެއްކިގެން އުޅޭކަން ނޭނގޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޖާބިރު ވަނީ ގިނަ އަދަދެއްގެ މަސްވެރިން ލޯލު ނުދެއްކި ޖަލަށް ދާން ޖެހޭ ހާލަތަށްވެސް ގޮސްފައި ހުރިކަން މިނިސްޓްރަށް އެނގިވަޑައިގެންނަވާތޯ ސުވާލު ކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ލޯނު ނުދެއްކިގެން އެއްވެސް މަސްވެރިއެއްގެ ފަރާތުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ. އެގޮތުން އެމްޓީސީސީ ނުވަތަ އެއްވެސް ބޭންކަކަށް ލޯނު ނުދެއްކިގެން މަސްވެރިއަކު އުޅޭކަން މިނިސްޓްރީއަށް އެނގިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އާންމުކޮށް ކަންނެލި ދޯނި ބަނުމަށާއި އިންޖީނާއި ލޯންޗު ފަދަ ތަކެތި ބަނުމާއި ގަތުމަށް ބޭންކުތަކުން ލޯނު ދެ އެވެ. އަދި އިންސްޓޯލްމެންޓަށް ތަކެތި ނަގަ އެވެ.
އޭގެ ތެރެއިން ބައެއް މަސްވެރިން އެ ލޯނު އަދާ ނުކުރެވޭ މައްސަލަތައް ފެންމަތިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް