ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނަށް ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ތުހުމަތު!

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނާއި ހާނާއި ދެކޮޅަށް ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ތުހުމަތު އެ ގައުމުގެ ފުލުހުން ކޮށްފި އެވެ. އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރީ މި...

22 Aug 2022 | 04:22

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނާއި ހާނާއި ދެކޮޅަށް ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ތުހުމަތު އެ ގައުމުގެ ފުލުހުން ކޮށްފި އެވެ.

އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރީ މިދިޔަ އޭޕްރިލް މަހު އެވެ. އޭގެ ފަހުން މިހާތަނަށް ހުއްޓުމެއް ނެތި އޭނާގެ ސަޕޯޓަރުން ދަނީ މިހާރު ޕާކިސްތާނުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.

އިމްރާނާއި ދެކޮޅު މައްސަލަ ތަހުގީގު ކުރަން ފުލުހުން ފެށި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ގޭ ކައިރީގައި އިދިކޮޅުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އެމީހުންނަށް ވެރިކަން ލިބިއްޖެ ނަމަ ފުލުހުންނާއި ޖުޑީޝަރީގެ އެންމެ އިސްވެރިން ހައްޔަރު ކުރާނެ ކަމަށް ވިދާޅުވުމުންނެވެ. އެ ގޭ ކައިރީގައި އިދިކޮޅުން ބާއްވާ އެއްވުންތަކަކީ އިމްރާން އަލުން ވެރިކަމާއި ހަވާލުވުމަށް ގޮވާލާ މުޒާހަރާތަކެކެވެ.

ފުލުހުން ބުނީ އިމްރާންގެ ވާހަކައަކީ ދައުލަތުގެ ވެރިންނަށް އިންޒާރު ދިނުމުގެ އަމަލުތަކެއް ކަމުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނާއި ހަވާލާދީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެއީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން އިއްޔެއިން ފެށިގެން ފުލުހުން ވަނީ އިމްރާންގެ ގޭ ކައިރީގައި 24 ގަޑިއިރު ފޯރި މަރަމުންނެވެ. ފުލުހުން ބުނީ އެ ގޭ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ އިމްރާން ހައްޔަރު ކުރަން ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް