އޭދަފުށީ އާންމު ހާލަތަށް ގެނެސްފި

ބ. އޭދަފުށީގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ. އޭދަފުށީި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ. އެދުވަހު މޮނިޓަރިންއަށް ލީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް...

22 Aug 2021 | 17:01

ބ. އޭދަފުށީގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ.

އޭދަފުށީި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ. އެދުވަހު މޮނިޓަރިންއަށް ލީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ހަތަރު މީހަކު ކޯވިޑަށް ޕޮސިޓިވްވުމުންނެވެ.

ރަށް އާންމު ހާލަތަށް ގެނައީ މި ކޭސްތަކާއި ގުޅުން ހުރި ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމުމުންނެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން މީޑިއާގައި ބުނީ އެ ހަތަރު ކޭސް އާއި ގުޅުން ހުރި19 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.

މީގެ ކުރިން ދެ މަސް ދުވަހަށް އޭދަފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެފަހަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެފަހަރު300 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ17 ރަށެކެވެ. އޭގެތެރެއިން އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުވައްމުލަކު ސިޓީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް