ގަވައިދާ ހިލާފަށް ބިދޭސީއަކު ފްރީޑައިވިން ސެޝަންތަކެއް ނަގައިދޭ މައްސަލައެއް

ގަވައިދާ ހިލާފަށް ބިދޭސީއަކު ފްރީ ޑައިވިން ސެޝަންތަޖެއް ނަގައިދޭ މައްސަލައެއް ސަމާލުކަމަށް ގެނެސްފި އެވެ. މިކަން އާންމުންގެ ސަމާލު ކަމަށް ގެނައީ މޯލްޑިވްސް ފްރީޑައިވް އެސޯސިއޭޝަނުންންނެވެ. އެ އެސޯސިއޭ...

22 Aug 2021 | 16:40

ގަވައިދާ ހިލާފަށް ބިދޭސީއަކު ފްރީ ޑައިވިން ސެޝަންތަޖެއް ނަގައިދޭ މައްސަލައެއް ސަމާލުކަމަށް ގެނެސްފި އެވެ.

މިކަން އާންމުންގެ ސަމާލު ކަމަށް ގެނައީ މޯލްޑިވްސް ފްރީޑައިވް އެސޯސިއޭޝަނުންންނެވެ. އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހާ ފްރީ ސެޝަންތައް ނަގައިދޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެކަން ބިދޭސީ މީހާ ކުރަމުންދަނީ ސަލަމާތީ ފިޔަވަޅުތައް ނާޅައި، ކަމާ ގުޅޭ އިދާރާތަކުން އެފަދަ ޓްރެއިނިންއެއް ދިނުމުގެ އެއްވެސް ސެޓްފިކެޓެއް ނެތި ކަމަށެވެ.

ފްރީ ޑައިވް އެސޯސިއޭޝަނުން ބުނީ ސެޓްފިކެޓެއް ނެތި އަދި ތަޖުރިބާއެއް ނެތި މިފަދަ މީހުން ދޭ ޓްރެއިނިން ސެޝަންތަކުގައި ބައިވެރިވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ރާއްޖޭގައި ފްރީ ޑައިވިން ޓްރެއިނިންތައް ނަގައިދޭ ސެޓިފައިޑް ޓްރެއިނިން ސްކޫލެއް އަދި އެސޯސިއޭޝަނަކާ ވެސް، ބިދޭސީ މީހާ އާއި އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.

އެހެންވެ، މިފަދަ އެއްވެސް ޓްރެއިނިން ޕްރޮގުރާމެއްގައި ބައިވެރިވުމުގެ ކުރިން، އެއީ ސެޓިފައިޑް ފަރާތެއްތޯ ކަށަވަރުކުރުމަށް، އެ ބަޔާނުގައި އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް