ޗައިނާ އިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކަށް ވާންގް ލިޖިން

ޗައިނާ އިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކަށް ވާންގް ލިޖިން ހަމަޖައްސައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަގާމަށް ހަމަޖެއްސި ވާން ލިޖިން މިހާރުވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި އޭނާ...

22 Aug 2021 | 12:08

ޗައިނާ އިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކަށް ވާންގް ލިޖިން ހަމަޖައްސައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަގާމަށް ހަމަޖެއްސި ވާން ލިޖިން މިހާރުވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި އޭނާ ރާއްޖެ ރޭ ރާއްޖެ ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ފައިސަލާއި ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް އަހުމަދު މުޖުތަބާ އެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމަށް ވާން ލިޖިން ހަމަޖައްސަވާފައި މިވަނީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖަންގް ލިޖޮންގް ގެ ދައުރު ހަމަވިތާ ހަތަރު މަސް ދުވަސް ފަހުން ނެވެ.

ވާން ލިޖިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާގެ ސަފީރެއްގެ ގޮތުގައި އޭނާ އައްޔަން ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ދެގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

https://twitter.com/China_Amb_Mdv/status/1429382139204694019

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް