ވެމްކޯގެ ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓުން ޚިދުމަތް ދޭ ވަގުތުތައް އިޢުލާން ކޮށްފި

ވެމްކޯގެ ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓުން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތައް އިޢުލާން ކޮށްފި އެވެ. ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބަދަލ...

22 Aug 2021 | 11:28

ވެމްކޯގެ ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓުން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތައް އިޢުލާން ކޮށްފި އެވެ.

ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބަދަލު ގެންނަން ނިންމީ މާލެ ސަރަހައްދުގެ ޢާންމު ހާލަތު ރަނގަޅުވަމުން ދިއުމާއިގުޅިގެން މިކަމަށް ރިޢާޔަތްކޮށް ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުން ފެށިގެން ބްރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 9 ން އިރުއޮއްސި 7 ޖަހަންދެން ޚިދުމަތް ދޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ. އަދި ހުކުރު ދުވަހު ޚިދުމަތް ދޭނީ ހެނދުނު 9 ން11 އަށް އަދި މެންދުރުފަހު 2:30 ން އިރުއޮއްސި 7 ޖަހަންދެން ކަމަށް ވެސް ބުނެފައި ވެއެވެ.

މި ގެނެވޭ ބަދަލުތަކަށް، ޚިދުމަތް ހޯދާ ކަސްޓަމަރުން އިތުރަށް ސަމާލުވުމަށް އެދޭ ކަމަށް ވެމްކޯ އިން ވަނީ އެދިފަ އެވެ. އަދި ބަދަލުވަމުންދާ މި ހާލަތުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ވެމްކޯ އިން ދެމުންގެންދާ ޚިދުމަތްތަކާއިގުޅޭ ގޮތުން މަޢުލޫމާތު ސާފު ކުރުމަށް ވެމްކޯގެ ކޯލް ސެންޓަރަަށް ހެނދުނު 8 ން ރޭގަނޑު 11 އަށް 1666 އަށް ގުޅުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

https://twitter.com/WAMCOmv/status/1429397706456268810

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް