ރާއްޖެ އިޝްތިހާރު ކުރުމަށް ތުރުކީގެ ނޫސްވެރިންގެ ޓީމެއް އަތުވެއްޖެ

ދިވެހިރާއްޖެ އަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ތުރުކީ މާކެޓުގައި އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްގެ ދައުވަތުގައި ތުރުކީގެ މަޝްހޫރު ނޫސްވެރިންގެ ޓީމެއް ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ. އެމ...

22 Aug 2021 | 10:31

ދިވެހިރާއްޖެ އަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ތުރުކީ މާކެޓުގައި އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްގެ ދައުވަތުގައި ތުރުކީގެ މަޝްހޫރު ނޫސްވެރިންގެ ޓީމެއް ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި ޓީމު، ރާއްޖޭގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ މި މަހު 16 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ޓްރެވެލް މެގަޒިންތަކުގެ ލިއުންތެރިންނާއި ނޫސްވެރިން އަދި އާޓް ޑިރެކްޓަރުން ހިމެނޭ މި ޓީމުން، ޖޯލި މޯލްޑިވްސް، މިރިހި އައިލެންޑް ރިސޯޓު އަދި ފިނޮޅު ރިޒޯޓު އިން ލިބެން ހުންނަ ތަފާތު ޚިދުމަތްތައް ތަޖުރިބާކޮށް ލިއުންތައް ޝާއިޢު ކުރާނެއެވެ. އަދި ހާއްސަކޮށް އެ ރިސޯޓު ތަކުގެ ހާއްސަ ވެލްނެސް ފެސިލިޓީތަކުގެ މައުލޫމާތު ހޯދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މި ޓީމުން ކުރާ ތަޖުރިބާތަކުގެ ތެރޭގައި މެރީން ބަޔޮލޮޖިސްޓުންނާއެކު ސްނޯކްލްކުރުމާއި ސްޕާ ވޯޓާ ސްޕޯޓްސް, އަދި މޫވީ އަންޑާ ދަ ސްޓާސް ފަދަ ރާއްޖެ އަށް ހާއްސަ ތަޖުރިބާތައް ހިމެނެއެވެ. މީގެ އިތުރުން މިރިސޯޓް ތަކުންލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ޓީމަށް ލިބޭނެއެވެ.

މި މީޑިޔާ ޓީމަކީ ތުރުކީގެ މަޝްހޫރު އެޖެންސީތައް ތަމްސީލް ކުރާ ޓީމެކެވެ. އެ ގޮތުން އޮކްސިޖެން, ސެޓާޑޭ, ބަހާ ވަކިންސީ, ސަބާ، ޑެއިލީ ސަބާ, މަރީ ކްލެއާ ތީ އަދި އިންސްޓައިލް ފަދަ މަގުބޫލު އެޖެންސީތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް