މިލަދޫ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ނިންމައިފި

ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަ...

22 Aug 2021 | 10:05

ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ނިންމާލާފައިވަނީ މިއަދު ކަމަށެވެ.

ބަނދަރު މަޝްރޫއުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިފައިވާ ކަމަށް ބުނެ އެވެ. އެމްޓީސީސީން ބުނީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިމަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

މީގެ އިތުރުން 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެ ކުންފުނިން މައުލޫމާތުދޭގޮތުގައި މަޝްރޫއު އެއްކޮށް ނިމޭއިރު 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް