އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނަވާ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ބާރު އެޅުމުގެ ގޮތުން އެމްޑީޕީގެ ތެރެއިން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އެއްވެސް މެމްބަރަކު ސޮއި ނުކުރަން އެ ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ސިޔާސީ ޕާޓީގެތަކުގެ ކޯލިޝަން ހިންގަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އިދިކޮޅުގެ ތާއީތެއް ނެތް ކަމަށެވެ. އަދި އެއީ ކުރިން ވެސް، މިހާރު ވެސް އެ ކޯލިޝަނުން ދެކޭ ގޮތް ކަމަށެވެ.
އިދިކޮޅުން އަބަދު ވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަތް ކަމަށް ވެސް ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އެ ކޯލިޝަންގެވެސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކީ އެ ޕެޓިޝަންގައި އެއްވެސް މެމްބަރަކު ސޮއި ނުކުރުމެވެ. އޭނާ ވިދާޅުވީ ރައްޔިތުން އެދެނީ ރިޔާސީ ނިޒާމުކަށް ކަން ކުރިން ސާބިތުކޮށްދީފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ތެރެއިން ބަރުލަމާނީ ޕެޓިޝަނެއް ހަދާއި އެ ހިންގާއިރު އެއާ ދެކޮޅަށް ޕެޓިޝަނެއް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް