ގިނަ ދުވަސްތަކަކަށް ފަހު ކޯވިޑް ޖެހިގެން މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 11:20 ގައި އެވެ. މަރ...

22 Aug 2021 | 09:32

ރާއްޖޭގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 11:20 ގައި އެވެ.

މަރުވިއިރު ފަރުވާދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

އެންމެ ފަހުން ކޯވިޑް ޖެހިގެން މީހަކު މަރުވެފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. މިއަދު މަރުވި މީހާ އާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 223 އަށް އަރާފަ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 79،864 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް