އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ތާއީދު ކުރައްވާނީ ބަރުކަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިހެން ވިދާޅުވީ ޓްވީޓެއްގައެވެ.
ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ އަ ދައުރަށް ކުރިމަތިލައްވާފައިވަ ކެންޑިޑޭޓުންގެ ތެރެއިން ބަރުަލަމާނީ ނިޒާމަށް ތައީދު ކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް އެމަނިކުފާނު ތާއީދު ކުރައްވާނެ ކަމަށެވެ.
https://twitter.com/MohamedNasheed/status/1429328774596726792
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ތާއީދުކުރައްވާނެކަން ރައީސް ނަޝީދު ހާމަކުރެއްވިއިރު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތްވެސް ވަނީ ފާށަފައެވެ.
މި ޕެޓިޝަންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޖިލިސް މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ)އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް