ރަށު ތެރޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފުވައްމުލަކު ސިޓީ އަށް އަރައިފޭބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.
މިއީ މި އަހަރުގެ ތެރޭގައި އެ ސިޓީއަށް އަރާފޭބުން މަނާކުރި 3 ވަނަ ފަހަރެވެ. އެންމެ ފަހުން ފުވައްމުލަކު ސިޓީ އަށް އަރައިފޭބުން މަނާކުރީ މެއި މަހު އެވެ. އަދި އަރައިފޭބުމުގެ ހުއްދަ ދިނީ 3 މަސް ފަހުންނެވެ.
އޮގަސްޓު މަހުގެ ކުރީކޮޅު ފުރަބަންދުން ވީއްލި ފުވައްމުލަކު ސިޓީ އަނެއްކާ މޮނިޓަރިންނަށް ލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެއީ ބަލި ފެތުރެމުންދާ މިންވަރު އިތުރުވެ، ނަންބަރު 200 އަށް އެރުމުންނެވެ.
ފުވައްމުލަކުގެ އިތުރުން 19 ރަށެއް އެޗްޕީއޭއިން ވަނީ ބަންދު ކޮށްފަ އެވެ.
އެޗްޕީއޭގެ މައުލޫމާތުތައް ބުނާ ގޮތުގައި ޖުލައި މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން ހަތަރު ރަށެއް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އެއީ ށ. ފީވައް، ކ. ކާށިދޫ، ހއ. ތަކަންދޫ އަދި ދ. ކުޑަހުވަދޫ އެވެ.
މި މަހުގަ ބަންދު ކުރި 13 ރަށެއް މި ލިސްޓުގައި އަދިވެސް ހިމެނެ އެވެ. އެއީ އއ. ހިމަންދޫ އާއި ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫ، އދ. ހަންޏާމީދޫ، ހދ. ނަޑެއްލާ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، އދ. ދަނގެތި، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ އަދި މ. މަޑުއްވަރީ ކަނޑުހުޅުދޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް