ދަރަވަންދޫ ފުޓްސަލް ފިއެސްޓާ: ފިރިހެން ބައިގެ ފައިނަލުގެ ފަހު ޖާގައަށް ފެލްކަން ޔުނައިޓެޑު

ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރުކުރިއަށްދާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" ގެ ފިރިހެން ބައިގެ ފަހު ޖާގަ ފެލްކަން ޔުނައިޓެޑުން ހޯދައިފި އެވެ. އެޓީމު މި ޖާގަ ހޯދީ ކުޅުނު 4 މެޗުގެ...

22 Aug 2021 | 05:30

ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރުކުރިއަށްދާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" ގެ ފިރިހެން ބައިގެ ފަހު ޖާގަ ފެލްކަން ޔުނައިޓެޑުން ހޯދައިފި އެވެ.

އެޓީމު މި ޖާގަ ހޯދީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓު ހޯދައިގެން ނެެވެ. މި ފިއެސްޓާގެ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ޔުނައިޓެޑުން ހޯދާފައިވަނީ ކުޅުނު 3 މެޗު ވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު އެވެ.

މި ފިއެސްޓާގައި ރޭ ކުޅުނު 13 ވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ފެލްކަން އާއި އެފްސީ ކްރީޗާސް އެވެ. މި މެޗު ނިމުނީ 3 ލަނޑު 3 ލަނޑުން އެއްވަރުވެގެން ނެވެ.

މި މެޗުގައި އެފްސީ ފެލްކަންގެ ލަނޑުތައް ޖަހައިދިނީ ރާފިއު މުޙައްމަދު ޝަފީޤް އާއި އުސާމަތު މުޙައްމަދު ރަޝީދު އަދި އިބްރާހިމް އަޙްމަދު އެވެ.

އެފް ސީ ކްރީޗާސްގެ ގޯލުތައް ޖަހައިދިނީ ޢަލީ މާއިޒް އާއި އަނޫފް ޙަސަން އަދި އަބްދުލް މަތީން އެވެ.

މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ އެފްސީ ފެލްކަންގެ އުސާމަތު މުޙައްމަދު ރަޝީދު އެވެ.

ރޭ ދެން ކުޅުނު މި ފިއެސްޓާގެ 14 ވަނަ މެޗުގައި ފެލްކަން ޔުނައިޓެޑާއި ގާގަނޑު އެފްސީ ބައްދަލުކުރި މެޗު 8 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ފެލްކަން ޔުނައިޓެޑެވެ.

މި މެޗުގައި ފެލްކަން ޔުނައިޓެޑުގެ ލަނޑުތައް ޖަަހައިދިނީ ޝުޖާއު ޙުސެއިން އާއި ޙަސަން ނާސިކް އެވެ.

މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ފެލްކަން ޔުނައިޓެޑުގެ ޝުޖާއު ޙުސެއިން އެވެ.

މި ފިއެސްޓާގައި މިރޭ ކުޅޭނީ އަންހެން ބައިގެ 2 މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައްތަ އާއި އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އެވެ. މި މެޗު ފަށާނީ މިރޭ 20:30 ގަ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗަނބޭލީ ރަނިން އާއި އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސް އެވެ. މި މެޗު ފަށާނީ 21:30 ގަ އެވެ.

މިއަހަރުގެ ފިއެސްޓާގެ މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީ އެވެ. ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.

މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ވަނީ ހަމަޖައްސާފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެފްބީ ޕޭޖުން ލައިވް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް