ޖަމީލް ވިދާޅުވަނީ ރައީސް ސޯލިހްގެ އަމާޒަކީ ޔާމީން ފްރޭމްކުރުން ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފްރޭމްކޮށް ނުހައްގުން އަދަބު ދިނުން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނ...

22 Aug 2021 | 04:55

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފްރޭމްކޮށް ނުހައްގުން އަދަބު ދިނުން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް ރައީސް ޞާލިހްގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރު ފްރޭމްކޮށް ނުޙައްޤުން ޢަދަބުދިނުން ކަމަށެވެ. އެ ޓްވީޓްގައި ރައީސް ޞާލިހްގެ ސަރުކާރަށް ކޮރަޕްޝަންގެ މައްސަލަތައް ބެލިފައި ކޮބައިތޯ ޖަމީލް ސުވާލު އުފައްދާފައި ވެއެވެ.

https://twitter.com/MJameelAhmed/status/1429293774249750528

މީގެ އިތުރުން، ރާއްޖެ އަށް ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަ އާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ޔޫތު މިނިސްޓަރު މަޙްލޫފްގެ މައްސަލަ އަށް ރައީސްގެ ސީދާ ނުފޫޒް އެބައޮތް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ރައީސް ނުފޫޒު ފޯރުވާ މައްސަލަތަކުގެ ލިސްޓް ވަރަށް ދިގު ކަމަށެވެ.

ރައީސް ޞާލިހްގެ ހަމައެކަނި އަމާޒަކީ ޔާމީން ފްރޭމްކޮށް، ނުޙައްގުން އަދަބު ދިނުން ކަމަށް ޖަމީލް ވިދާޅުވިއިރު އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ އާއި ގުޅިގެން ޔާމީންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައެވެ. ބައެއް ދައުވާތަކުގެ އަޑުއެހުން މިހާރު ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް