ވާދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ވާދޫ ސްކޫލަށް 10 ކޭސް ސެނިޓައިޒާ

ރ. ވާދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ރ. ވާދޫ ސްކޫލަށް 10 ކޭސް ސެނިޓައިޒާ ހަދިޔާކޮށްފި އެވެ. މިކަން ހާމަކޮށް ރ. ވާދޫ ސްކޫލުން ބުނީ އެ ސްކޫލަށް 10 ކޭސް ސެނިޓައިޒަރ ހަދިޔާކޮށްދެއްވާފައި ވާތީ، ސިއްހަތާއި ބެ...

22 Aug 2021 | 04:42

ރ. ވާދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ރ. ވާދޫ ސްކޫލަށް 10 ކޭސް ސެނިޓައިޒާ ހަދިޔާކޮށްފި އެވެ.

މިކަން ހާމަކޮށް ރ. ވާދޫ ސްކޫލުން ބުނީ އެ ސްކޫލަށް 10 ކޭސް ސެނިޓައިޒަރ ހަދިޔާކޮށްދެއްވާފައި ވާތީ، ސިއްހަތާއި ބެހޭ ވުޒާރާ އަށާއި ވާދޫ ސިއްހީ މަރުކަޒަށް ސްކޫލްގެ ނަމުގައި ވަރަށް ހާއްސަ ޝުކުރު ދަންނަވާ ކަމަށެވެ.

ވާދޫ ސްކޫލްެ ފަރާތުން މި ހަދިޔާއާ ހަވާލުވެދެއްވީ ސްކޫލްގެ ވަގުތީ ޕްރިންސިޕަލް އިސްމާޢިލް ނަސީރެވެ. އަދި ސިއްހީ މަރުކަޒުގެ ފަރާތުން ސެނިޓައިޒާ ކޭސް ހަވާލުކުރެއްވީ އެ ތަން ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު ޝަފީޤެވެ.

މީގެ ކުރިން ވެސް ރ. ވާދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ރ. ވާދޫ ސްކޫލަށް މި ފަދަ ހަދިޔާތައް ދެއްވާފައި ވެއެވެ، އަދި ސިއްހީ ހޭލުންތެރިކަން އިތުރު ކުރުމަށް ސްކޫލްގައި ޕްރޮގުރާމްތައް ހިންގުމަށް އެ މަރުކަޒުން އެހީތެރިކަން ފޯރުކޮށްދޭކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރ. ވާދޫ ސިއްޙީ މަރުކަޒަކީ ލެވެލް 1ގެ ސިއްޙީ މަރުކަޒެއް ނަމަވެސް އެ ތަނުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް