ފަތުރުވެރިކަން ރައްޔިތުންނާ ހަމައަށް ގެންދިއުމަށް މިނިސްޓަރ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުފުޅެއް ފައްޓަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް ޑައިވަސިފިކޭޝަން ޕްރޮޖެކްޓުގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓުގައި އެ މިނިސްޓްރީގައި ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އެ މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި ހއ. އަތޮޅުގެ ބައެއް ރަށްތަކާއި ހދ. އަތޮޅުގެ ބައެއް ރައްތަކަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިހަވަންދޫ ފިޔަވައި ހއ. އަތޮޅުގެ ހުރިހާ ރަށަކަށް މިނިސްޓަރު މިހާތަނަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މިނިސްޓަރގެ މަގްސަދަކީ "ފަތުރުވެރިކަމުގެ ވެރިންނަށް" ދިވެހީން ހެދުން ކަމަށާއި ފަރުތުވެރިކަމުގެ ދާއިރާގައި އަންހެނުން އިސް ދައުރެއް އަދާކުރުން ކަމަށް ވެސް ޓޫރިޒަމް މިނިސްތްރީން ބުނެ އެވެ.
މިދަތުރުފުޅުތަކުގައި ކޮންމެދުވަހަަކު ވެސް ހަތަރު ރަށަށް ޓޫރިޒަމް މިނިސްޓްރީގެ ވަފުދު ޒިޔާރަތް ކުރައްވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް