ކުޑަކުދިންތަކަކާ އެއްޖިންސުން ގުޅުންހިންގަން މަސައްކަތްކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އެއްޖިންސުން ގުޅުންހިންގަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ގއ. ދާންދޫއިން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގ...

22 Aug 2015 | 09:52

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އެއްޖިންސުން ގުޅުންހިންގަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ގއ. ދާންދޫއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެދުވަހުގެ 13:15 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް