ޓުއަރިސްޓް ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ޑެމޭޖް ކޮންޓްރޯލް އާއި ގުޅިގެން ހުޅުމާލެ އިރުމަތީ ފަރާތު އަތިރިމަތި ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.
ފުލުހުން ބުނީ މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިމަސައްކަތަކީ ހުޅުމާލޭގެ އިރުމަތީ ފަރާތު އަތިރި މައްޗަކީ ހުޅުމާލޭގައި ހުރި ގެސްޓް ހައުސްތަކަށް ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންނާއި ހުޅުމާލޭގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުން މޫދަށް އެރެން ބޭނުންކުރާ ސަރަޙައްދަކަށްވެފައި މި ސަރަޙައްދު ސާފުކޮށް ބޭއްވުމުގެ ގޮތުންނާއި ހުޅުމާލެއަކީ ސާފު ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް ބާރުއެޅުމުގެ ގޮތުންނާއި ފަތުރުވެރިންނާއި އާއްމު ރައްޔިތުން މިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރި މަސައްކަތެއް ކަމަށެވެ.
އެގޮތުން ކުރި މަސައްކަތުގައި ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށުގައި ހުރި ކުނިތައް ނަގައި އެސަރަޙައްދު ސާފުކޮށްފައިވާ ކަމަށާއި މިމަސައްކަތުގައި ޓުއަރިސްޓް ޕޮލިސް ގައި މަސައްކަތްކުރާ ފުލުހުންނާއި ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ފުލުހުންގެ އިތުރުން ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެމޭޖް ކޮންޓްރޯލްގެ މެމްބަރުން ބައިވެރިވެފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް