މިސްކިތަކުން އަތްދަބަހެއް ވަގަށްނަގައިގެން ފިލަން މަސައްކަތްކުރި މީހަކު އަތުލައިގެންފި

ވިޔަފަރާވެރިންގެ މިސްކިތުން އަތްދަބަހެއް ވަގަށް ނަގައިގެން ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ...

22 Aug 2015 | 06:21

ވިޔަފަރާވެރިންގެ މިސްކިތުން އަތްދަބަހެއް ވަގަށް ނަގައިގެން ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެރޭ 20:15 ހާއިރު ވިޔަފާރަވެރިންގެ މިސްކިތުން އަތް ދަބަހެއް ވަގަށް ނަގައިގެން ފިލަން މަސައްކަތްކުރަނިކޮށް އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސްގެ ފުލުހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ވަގަށް ނަގާފައިވާ ދަބަސް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ އެވަގުތު ހުރި ސަރަޙައްދު ބަލައިފާސްކުރަނިކޮށް އެސަރަޙައްދަށް އެއްލާލާފައި ވަނިކޮށް ކަމަށާއި އަދި މި ދަބަސް ތެރޭގައި އޮތް ފޯނެއްވެސް އެސަރަޙައްދުން ފެނިފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި ފޭރުމާއި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް