ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުން ސާއިދު ޖާގަ ހޯދައިފި

ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުން ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފި އެވެ. މި ޖާގަ ސާއިދު ހޯދާފައިވަނީ މިއ...

22 Aug 2015 | 05:53

ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުން ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފި އެވެ.

މި ޖާގަ ސާއިދު ހޯދާފައިވަނީ މިއަދު ހެނދުނު ޕްލިމިނަރީ ބުރުގައި ދުވެ ދެވަނަށް ހީޓް ނިންމައިގެންނެވެ. މި ހީޓް އެއްވަނައަށް ނިންމީ ފީޖީގެ ދުވުންތެރިއެކެވެ. އެ ދުވުންތެރިޔާ ހީޓް ނިންމީ 10.50 ސިކުންތުންނެވެ. ސާއިދު މި ހީޓް ނިންމީ ފިޖީ ކުޅުންތެރިޔާއަށްވުރެ 10.56 ސިކުންތުންނެވެ.

ދުނިޔޭގެ އެންމެ ބާރު ދުވުންތެރިން ވާދަކުރާ ވަރލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރަނީ ހަސަން ސާއިދު އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް