މޯލްޑިވިއަން އައިޑަލްއަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްއެމްގެ ޓީމެއް އިންޑިއާއަށް ފުރައިފި

މޯލްޑިވިއަން އައިޑަލްއަށް ތައްޔާރުވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިޔާ، ޕީ.އެސް.އެމްގެ ޓީމެއް އިންޑިޔާއަށް ފުރައިފިއެވެ. ޕީއެސްއެމުން ބުނީ ނުވަ  މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ޕީ.އެސް.އެމްގެ ޓީމ...

22 Aug 2015 | 05:42

މޯލްޑިވިއަން އައިޑަލްއަށް ތައްޔާރުވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިޔާ، ޕީ.އެސް.އެމްގެ ޓީމެއް އިންޑިޔާއަށް ފުރައިފިއެވެ.

ޕީއެސްއެމުން ބުނީ ނުވަ  މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ޕީ.އެސް.އެމްގެ ޓީމުން، އިންޑިޔާގައި މިހާރު ކުރިއަށްގެންދާ އިންޑިއަން އައިޑަލް ޖޫނިޔާގެ ޝޯތައް ކުރިއަށްގެންދާ ތަންތަނުގައި ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައި ވާކަމަށެވެ.

ރާއްޖޭގެ ޓީވީ ޗެނަލަކުން ފުރަތަމަ ފަހަރަށް ފްރެންޗައިޒް އުސޫލުން ބައިނަލްއަޤްވާމީ ޓީވީ ޝޯވއެއް ނެސްދިނުމަށް، ޕީއެސްއެމުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، އިންޑިޔާގައި މިހާރު ތިބި ޕީއެސްއެމްގެ ޓީމުން އިންޑިޔާގެ މުމްބާއީގައި އެފަދަ ޝޯތައް ކުރިއަށް ގެންދާ ގޮތް ގާތުން ބަލައި ޢަމަލީ ގޮތުން އެކަންކަން ތަޖުރިބާ ކުރާނެ ކަމަށާއި ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ޓީވީ މުހައްމަދު ނިޔާޒް ވިދާޅުވި އެވެ.

"މޯލްޑިވިއަން އައިޑަލް ޝޯވއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑިރެކްޓަރ އީ- ކޮމާރސް އެންޑް މާކެޓިންގ އިބްރާހިމް ނަސްރީން، ނައްޓު ވިދާޅުވީ މި ޝޯއަކީ، ޝޯގެ ބައިވެރިންގެ އިތުރުން ޝޯގެނެސްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ޝޯއަކަށް ހެދުމަށް މިކަން އިންތިޒާމް ކުރާ ފްރެމެންޓަލް މީޑިއާއިން ބޭނުން ވާކަމަށް" ޕީއެސްއެމްގެ ވެބްސައިޓްގައި ބުނެފައި ވެ އެވެ.

ޕީއެސްއެމްއިން އިތުރަށް ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ބައިނަލްއަޤްވާމީ ޓީވީ ޝޯ ކަމަށްވާ މޯލްޑިވިއަން އައިޑަލް އަކީ، މާކެޓިންގެ ދާއިރާއިން ބެލި ނަމަވެސް ވިޔަފާރިތަކަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި، ޕީއެސްއެމްގެ ޑިރެކްޓަރ ސޭލްސް މުހައްމަދު އަހުމަދު ހަސަން، ހަނަފީ ފާހަގަކުރާ ކަމަށެވެ.

ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ޝޯއަށް މޯލްޑިވިއަން އައިޑަލް ވެގެންދާއިރު ޕީއެސްއެމްގެ ފަރާތުން މިހާރު ވަނީ މިޝޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އެސް.އެމް.އެސް ނުކޮށްވެސް ޝޯގެ އޮޑިޝަން އޮންނަ ތަންތަނަށް އައިސް ޝޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ޕީއެސްއެމުން މަޢުލޫމާތުދެއެވެ. މި ޝޯގެ އޮޑިޝަންތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރ މަހުގެތެރޭގައި ކަމަށް ޕީއެސްއެމް އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް