ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު ކުރިއަށް އޮތްތާނގައި އެ މަރުކަޒުން އައިޖީއެމް ހޮސްޕިޓަލާއި އެހެނިހެން ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ އެ މަރުކަޒުން ދެވޭ ހިދުމަތް ހަރުދަނާ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި އެގޮތުން އެ މަރުކަޒަށް ސިއްހީ ދާއިރާއިން ލިބިދޭންޖެހޭ ހިދުމަތްތަކެއް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުންގެ ހިދުމަތާއި ކައުންސިލިންފަދަ ހިދުމަތްތައް ބޭނުންވާކަން އެ ކަމަނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގުރައިދޫ ޞިއްޙީ މަރުކަޒަށް ފޯރުކޮށްދޭންޖެހޭ އެހީތައް ދެނެގަނެވި މިހާރު އެކިއެކި ފަރާތްތަކާ މަޝްވަރާކުރެވިފައިވާކަމަށެވެ.
ލޯ އެންޑް ޖެންޑ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުގެ މައިގަނޑު އަސާސަކީ މިދިޔަ އަހަރު ބޭރުގެ އެކްސްޕާޓުންތަކެއް ގެނެސް ހެދި އެސެސްމެންޓްގައި މިމަރުކަޒަކީ މެންޓަލްކެއާރ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހުށައަޅާފައިވާތީކަމަށް ޖެންޑާ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް