އަންހެންކުދިން ކިޔެވުމުގެ ހައްގު ހިމާޔަތް ކުރުމަށް ކެމްޕޭން ކުރުމުން ޕާކިސްތާނުގެ ތާލިބާނުން މަރާލަން މަސައްކަތްކުރި މަލާލާ، އިނގިރޭސިވިލާތުގެ ނެޝަނަލް ސްކޫލު އިމްތިހާނުގައި މަތީ މާކްސްތަކެއް ހޯދައިފި އެވެ.
މަލާލާގެ ބައްޕަ ޒިއުއްދީން ޔޫސުފްޒާއީ އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަލާލާ ހަ މާއދާއަކު A* އަދި ހަތަރު މާއްދާއަކުން A ރިޕޯޓް ހޯދާފައިވާތީ އޭނާއާއި އޭނާގެ އަންހެނުން، ތޫރު ޕެކާއީ މަލާލާއާމެދު ފަހުރުވެރި ވާކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަލާލާ އެންމެ މަތިން ފާސްވެފައިވަނީ ބަޔޯލަޖީ، ކެމިސްޓްރީ، ފިޒިކްސް އަދި ރިލިޖިއަސް ސްޓަޑީޒް އިންނެވެ.
އުމުރުން މިހާރު 18 އަހަރުގެ މަލާލާ އިނގިރޭސިވިލާތަށް ބަދަލުވީ މަލާލާ މަރާލުމަށް ތާލިބާނުން 2012 ގައި ދިން ބަޑީގެ ހަމަލާއަކުން ސަލާމަތް ވުމުންނެވެ.
މަލާލާ އޭނާގެ އާއިލާއާއެކު މިހާރު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގެ ބާމިންހަމްގަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރުމުގެ ހުވަފެން ދެކެމުން އަންނަނ މަލާލާއަށް ވަނީ 2014 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމްވެސް ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް