ކުރުދީންނާއި ދެކޮޅަށް ހަނގުރާމަކުރުމުގައި އައިއެސްއިން ކެމިކަލް ހަތިޔާރު ބޭނުންކުރާކަން މިހާތަނަށް ކުރި ބައެއް ތަހުލީލުތަކުން ހާމަވެފައި ވާކަމަށް އެމެރިކާއިން ހާމަކޮށްފި އެވެ.
އައިއެސްއިން ކުރުދީންނަށް ހަމަލާދިނުމަށ ބޭނުންކުރާ ބައެއް ހަތިޔާރުތަކުގެ ތަހުލީލެއް ކުރުމަށްފަހު އައިއެސްއާއި ދެކޮޅަށް އެމެރިކާއިން ހިންގާ އޮޕަރޭޝަންގެ އިސް ކޮމާންޑަރު، ޗީފް އޮފް ސްޓާފް މެރިން ކޯޕްސް ބްރިގޭޑިއާ ޖެނެރަލް ކެވިން ކިއްލޭ ބުނެފައިވަނީ މިހާތަނަށް ހޯދި ހޯދުންތަކުން އައިއެސްއިން ކެމިކަލް ހަތިޔާރު ބޭނުންކުރާކަން ޔަގީންވެފައިވާކަމަށާއި ބޭނުން ކުރާ މިންވަރާއި ބޭނުންކުރާ ކެމިކަލްގެ ބާވަތްތައް ކުރިއަށްގެންދާ ތަހުލީލުތަކުން އެނގިގެން ދާނެ ކަމަށެވެ.
އެމެރިކާއިން މިހެން ބުނެފައި މިވަނީ އޯގަސްޓްމަހު އިރާގުގެ މަޚްމޫރު އަވަށުގައި އައިއެސްއިން ދިން ހަމަލާގައި ކެމިކަލް ހަތިޔާރުގެ ބާވަތެއް ކަމަށްވާ މަސްޓަޑް ގޭސް ބޭނުންކުރި ކަމުގެ ރިޕޯޓްތައް ފެންމަތިވެފައި ވަނިކޮށެވެ.
ކިއްލޭ ބުނެފައިވަނީ އައިސްއިން ކެމިކަލް ހަތިޔާރު "ފަޔާ" ކުރުމުގައި ބޭނުންކުރި މޯޓަރު ބަޑީގެ ބައިތައް އެމެރިކާގެ ޕެންޓަގަންއަށް ގެނެސްދިނީ ކުރުދީން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް