ޓާމު ބަންދުތަކުގައި މުދައްރިސުން ވަޒީފާއަށް ނެރުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފިއެވެ.
އެ މިނިސްޓްރީ މިކަން ސުކޫލުތަކަށް އަންގަވާފައިވަނީ ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ، ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި، ދެވަނަ ޓާމް ބަންދުގެ އިތުރުން މިޑްޓާމް ބަންދުތަކުގައި މުދައްރިސުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.
މިނިސްޓްރީން ވަނީ، މުދައްރިސުން ސުކޫލުތަކުގައި ހޭދަކުރާ މިންވަރު މަދުކޮށް، އާއިލާއާއި އެކު ހޭދަކުރާ ވަގުތު އިތުރުވާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.
އިއްޔެ ނިންމެވި މި ނިންމެވުން ނިންމަވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒް މުޙައްމަދު ސޮއިކުރައްވައި ސަރުކާރުގެ ހުރިހާ ސުކޫލުތަކަށް ފޮނުއްވި އިންޓާނަލް މެމޯއެއްގައެވެ.
މި ނިންމެވުމާއި އެކު، ބަންދުތެރޭގައި މުދައްރިސުން މަސައްކަތައް ނެރުން މަނާ ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް