ދިވެހި ފުލުހުންގެ ޚިދުމަތުން ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން ކަމަށް ސިފަވާ ގޮތަށް ފޮނުވާ އީމެއިލް ތަކަކީ ސްކޭމެއް ކަމަށް ދިވެހި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ދައުރު ވަމުންދާ މެއިލް ތަކަކީ، އެ މުއައްސަސާއިން ފޮނުވާ އީމެއިލްތަކެއް ނޫން ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.
އަދި މިފަދަ މެއިލްތައް ފޮނުވުމަކީ، މަކަރާއި ހީލަތުން އޮޅުވާލައިގެން ނަހަމަ ގޮތުގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް ކަމުގައި ވެސް ޝިފާން ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން، އެފަދަ މެއިލްތަކަށް ރިޕްލައިކޮށް، ހިމެނޭ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް ސެކޭމްތައް ގިނަވަމުންދާތީ، އާއްމުން ހޭލުންތެރިކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
އެގޮތުން ގޮތް ނޭނގޭ ލިންކުތަކަށް ނުފިތުމަށާއިި، އޯޓީޕީ ކޯޑު ފަދަ މައުލޫމާތުތައް އެއްވެސް ހާލަތެއްގައި އެހެން ފަރާތްތަކާއި ހިއްސާ ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް