ރާއްޖޭގެ މާރކެޓްގައި ވިއްކާ މާމުޔެއްގައި، ބޭހުގެ ހިމެނޭތީ އެ އުފެއްދުން ބޭނުންކުރުން މަނާކޮށްފި

ރާއްޖޭގެ މާރކެޓްގައި ވިއްކާ މާމުޔެއްގައި ބޭހުގެ މާއްދާއެއް ހިމެނޭތީ އެ ބާވަތުގެ މާމުއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާ ކޮށްފިއެވެ. އެ އޮތޯރިޓީން ބުނީ، މިކަމާއި ގުޅިގެން މީގ...

22 Jul 2024 | 11:11

ރާއްޖޭގެ މާރކެޓްގައި ވިއްކާ މާމުޔެއްގައި ބޭހުގެ މާއްދާއެއް ހިމެނޭތީ އެ ބާވަތުގެ މާމުއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާ ކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ، މިކަމާއި ގުޅިގެން މީގެކުރިން2022 ވަނަ އަހަރު ސެޕަޓެމްބަރ މަހު ތެރޭގައިވެސް ވާނީ އާއްމުންގެ ސަމާލު ކަމަށް މިކަން ގެނެސްފައި ކަމަށެވެ.

ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތައް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މިފަދަ އުފެއްދުން ތަކަކީ ޔޫއެސް އެފްޑީއޭ އިން ވެސް ރައްކާތެރި ނޫން ކަމަށް ފާހަގަކޮށްފައިވާ އުފެއްދުމަށް ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މި ބާވަތުގެ މާމުއިގައި ބޭހުގެ މާއްދާއެއްކަމަށްވާ Tadalafil އަދި sildenafil ހިމެނޭކަން އެ އޮތޯރިޓީން ވަނީ ފާހަގަ ކުރައްވާފައެެވެ.

އެގޮތުން މި އުފެއްދުމުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެ އޮތޯރިޓީން ވަނީ އެ ބާވަތުގެ އުފެއްދުން ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުން އަދި ބޭނުން ކުރުން ވެސް މަނާކޮށްފައެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ އެ އޮތޯރިޓީގެ ފޯނު ނަމްބަރ 7200321 އަށް ގުޅުއްްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް