އިންޑިއާއި ސްރީ ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި ޕެޓްރޯލިއަމް ލައިނަކާއި ބްރިޖެއް އެޅުމުގެ މަޝްރޫއާއިމެދު ދެގައުމުން ވިސްނާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ މަޝްވަރާތަކުގައެވެ. މަޝްވަރާތައް ކުރިއަށްގެންދިޔައީ ރަނިލް އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ދެ ގައުމުގެ މެދުގައި ބްރިޖަކާއި ޕެޓްރޯލިއަމް ލައިނެއް އެޅުމަށް ފީސިބިލިޓީ ސްޓަޑީއެއް ހަދާނެކަން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ދެ ގައުމުގެ 75 އަހަރުވީ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ދެ ލީޑަރުން ކުރިކަން އިންޑިއާ މީޑިއާއިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް