އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ބައްދަލުކުރައްވައިފިއެވެ.
ބޮޑުވަޒީރު މޯދީ ރަނިލްއާއި ބައްދަލުކުރައްވާފައިވަނީ ލަންކާގެ ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާއިން ހާމަކޮށްފައިވާގޮތުގައި އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ 75 އަހަރުވީ ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު ދެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ.
ސްރީ ލަންކާގެ ރައީސް އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް