އައިޝްވާރިޔާ ހެދުން އެޅިގޮތް ފޭނުންނަށް ކަމަކު ނުދިޔަ

ބޮލީވުޑް ބަތޮލާ އައިޝްވާރްޔާ ރާއި ބައްޗަން ހެދުން އެޅިގޮތަށް އޭނާގެ ފޭނުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ފާޑުކިޔާފައިވަނީ މިއަދު ހެނދުނު އައިޝްވާރްޔާ އާއި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން އާއި އެ ދ...

22 Jul 2023 | 15:33

ބޮލީވުޑް ބަތޮލާ އައިޝްވާރްޔާ ރާއި ބައްޗަން ހެދުން އެޅިގޮތަށް އޭނާގެ ފޭނުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ފާޑުކިޔާފައިވަނީ މިއަދު ހެނދުނު އައިޝްވާރްޔާ އާއި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން އާއި އެ ދެމަފިރިންގެ ދަރި އަރަދަޔާ އާއި ތިން މީހުން އެއާޕޯޓުން ފެނުނު އިރު އައިޝްވާރިޔާ ލައިގެން ހުރި ހެދުމުގެ ގޮތުންނެވެ.

އެއްކޮށް ކަޅު ހެދުމެއް ލައިގެން އައިޝްވާރިޔާ ހުރި އިރު އެހާ އާދައިގެ ގޮތަކަށް އައިޝްވާރިޔާ ހެދުން އެޅުމުން އެކަމާއި ފޭނުން ހިތްހަމަނުޖެހޭކަން ފާޅުކޮށްފައިވެއެވެ. އަދި އަބީޝޭކާއި ކައިވެނި ކުރި ފަހުން އައިޝްވާރިޔާ ރީތި ހެދުމެއް ނުލާކަމަށްވެސް ފާޑުކިޔާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އައިޝްވާރިޔާއަކީ ބޮލީވުޑް ބަތަލާއިންގެ ތެރެއިން އެންމެ ރީތި އެއް ބަތަލާގެ ގޮތުގައި އަބަދުވެސް ފާހަގަކުރަމުން އަންނަ ތަރިއެކެވެ.

އުމުރުން މިހާރު 40 ގެ އަހަރުތައް ގުނަމުން އަންނަ އައިޝްވާރިޔާއަކީ 1994 ވަނަ އަހަރުގެ މިސް ވޯލްޑްގެ މަގާމު ހޯދާފައިވާ ފަރާތެކެވެ.

2007ގައި އަބީޝޭކް ބައްޗަން އާއި އައިޝްވާރިޔާ ކައިވެނިކޮށްފައިވާއިރު އެ ދެމަފިރިންނަށް އަންހެން ދަރިއަކު ލިބުނީ 2011 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް