އައިފޯނު 15 ރިލީޒްކުރުން ލަސް ވެދާނެ

އައިފޯން 15 ރިލީޒް ކުރާ ދުވަސް ލަސްވެދާނެކަމުގައި ބައެއް ރިޕޯޓްތަކުގައި ބުނެފިއެވެ. އެގޮތުން ސެޕްޓެމްބަރުގެ ފުރަތަމަ ހަފްތާގައި ރިލީޒް ކުރަން ނިންމާފައިވާ އައިފޯން 15 ރިލީޒް ކުރުން އޮކްޓޯރަށް ލަސްވެދާ...

22 Jul 2023 | 15:07

އައިފޯން 15 ރިލީޒް ކުރާ ދުވަސް ލަސްވެދާނެކަމުގައި ބައެއް ރިޕޯޓްތަކުގައި ބުނެފިއެވެ.

އެގޮތުން ސެޕްޓެމްބަރުގެ ފުރަތަމަ ހަފްތާގައި ރިލީޒް ކުރަން ނިންމާފައިވާ އައިފޯން 15 ރިލީޒް ކުރުން އޮކްޓޯރަށް ލަސްވެދާނެކަމުގައި މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ސަބަބެއް ކަމަށް ބުނަނީ ސަޕްލައި ޗެއިންގައި ލަސްތަކެއް ދިމާވެ އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސްގެ ޑިސްޕްލޭ އުފެއްދުން ލަސްވުމެވެ.

އައިފޯނު 15 ރިލީޒް ކުރުން ލަސްވެދާނެކަމުގައި ބެލެވޭއިރު މިއީ އައިފޯން ރިލީޒް އިވެންޓެއް ލަސްވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2017 ގައި އައިފޯން އެކްސް ރިލީޒް ކުރުން ލަސްވިއެވެ. އަދި 2018 ގައި އައިފޯން އެކްސްއާރް ރިލީޒްކުރުންވެސް ލަސްވިއެވެ. އަދި އޭގެ ފަހުން 2020 ގައި އައިފޯން 12 ރިލީޒްކުރުންވެސް ލަސްވެގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް