ބަރެއްގެ ބަރުގައި ކަރު ބިނދި، އިންޑޮނޭޝިޔާގެ ފިޓްނަސް އިންފްލުއެންސަރަކު މަރުވެއްޖެ

ޖިމެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި އިންޑޮނޭޝިޔާގެ ފިޓްނަސް އިންފްލުއެންސަރަކު މަރުވެއްޖެއެވެ. މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 33 އަހަރުގެ ޖަސްޓީން ވިކީ ނަމަކަށްކިޔާ ފިޓްނަސް އިންފްލުއެ...

22 Jul 2023 | 14:48

ޖިމެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި އިންޑޮނޭޝިޔާގެ ފިޓްނަސް އިންފްލުއެންސަރަކު މަރުވެއްޖެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 33 އަހަރުގެ ޖަސްޓީން ވިކީ ނަމަކަށްކިޔާ ފިޓްނަސް އިންފްލުއެންސަރަކު މަރުވާން މެދުވެރިވީ އިންޑޮނޭޝިޔާގެ ބާލީގެ ޖިމެއްގައި ބަރެއް ހިފައިގެން "ބެކް ސްކޮޓް" އެއް ހަދަން އުޅުމުގެ ތެރޭގައި ކަރު ބިނދިގެންނެވެ. އެ ބަރަކީ 210 ކިލޯގެ ބަރެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި މަހުގެ 15 ވަނަ ދުވަހު އެ ހާދިސާ ހިނގުމާއެކު އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވެއެވެ. އެހެން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭގޮތް ވަނީ ނުވެފައެވެ.

ޖަސްޓީން އެ ބަރު އުފުލަން އުޅުނު އިރު ހިނގި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް