ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިއްޖެ އެވެ.
އަދީބު މިކަމަށް އެދިފައިވާކަން އެނގިފައިވަނީ އަދީބަށް ދީފައިވާ 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާއިރު މީޑިއާއިން އެކަމާއި ގުޅޭގޮތުން ކަރެކްޝަނާ ސުވާލު ކުރުމުންނެވެ.
އެގޮތުން މިހާރު ނޫހަށް މައުލޫމާތުދެމުން ކަރެކްޝަނުން ބުނެފައިވަނީ މުއްދަތު އިތުރުކޮށްދޭން އެދިފައިވާއިރު އެކަމާއިމެދު ބޯޑުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އިތުރުކޮށްދޭން އަދީބު އެދިފައިވަނީ ކިތައް ދުވަސްކަމެއް ޔަގީނެއް ނޫނެވެ.
އަދީބަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގާ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ ދެ މިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ގައިދީއެކެވެ.
އެހެންނަމަވެސް ދައުލަތާއެކު އަދީބު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދީބު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް