ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އިލްޔާސް ފޯމު ހުށަހަޅައިފި

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފޯމު ހުށަހަޅައިފިއެވެ. މިއަދު މެންދުރު ޑިމޮކްރެޓްސްގެ މައި އޮފީހުގައ، ޕްރައިމަރީއަށް...

22 Jul 2023 | 11:56

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފޯމު ހުށަހަޅައިފިއެވެ.

މިއަދު މެންދުރު ޑިމޮކްރެޓްސްގެ މައި އޮފީހުގައ، ޕްރައިމަރީއަށް އިލްޔާސް ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރައްވާނީ ޕާޓީ އުފެއްދި މަގުސަދު ހާސިލު ކުރުމަށް ކަމަށެވެ.

އަދި ކުރިއަށް ދާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ އިސް ބޭފުޅުން އަދި އާއްމު މެމްބަރުންގެ ވިސްނުމާ ފިކުރާ އެކުގައި ކަމަށެވެ.

ޑިމޮކްރެޓްސް އިން މި އިންތިހާބަށް ކެންޑިޑޭޓެއް ނެރޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ކުރިން ބެލެވުނު ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެއެވެ. ނަމަވެސް ނަޝީދު ވިދާޅުވެފައި ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި މާދަ ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް