ޗެޓް ޖީޕީޓީ އެޕް އަންނަ ހަފްތާގައި އެންޑްރޮއިޑަށް – ޕްރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ޗެޓް ޖީޕީޓީ އެޕް އަންނަ ހަފްތާގައި އެންޑްރޮއިޑަށް ދޫކޮށްލަން ނިންމައި ޕްރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ. ޗެޓް ޖީޕީޓީ އެންޑްރޮއިޑަށް ލޯންޗުކުރަން ނިންމާފައިމިވަ...

22 Jul 2023 | 11:51

އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ޗެޓް ޖީޕީޓީ އެޕް އަންނަ ހަފްތާގައި އެންޑްރޮއިޑަށް ދޫކޮށްލަން ނިންމައި ޕްރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

ޗެޓް ޖީޕީޓީ އެންޑްރޮއިޑަށް ލޯންޗުކުރަން ނިންމާފައިމިވަނީ އައިއޯއެސްއަށް މި އެޕް މީގެ ދެ މަސް ދުވަސް ކުރިން ލޯންޗުކުރުމަށްފަހުގައެވެ.

އައިއޯއެސްއަށް ޗެޓް ޖީޕީޓީ ލޯންޗުކުރި ފުރަތަމަ ހަފްތާގައި އެކަނިވެސް ބައި މިލިޔަން މީހުން މި އެޕް ޑައުންލޯޑްކޮށްފައިވެއެވެ. އެހެންކަމުން އެންޑްރޮއިޑަށް ލޯންޗު ކުރުމާއެކުވެސް ބޮޑު މަގްބޫލުކަމެއް ލިބިގެންދާނެކަމުގައި ގަބޫލު ކުރެވެއެވެ.

ޕްރީ ރަޖިސްޓްރޭޝަން ލިންކް:

https://play.google.com/store/apps/details?id=com.openai.chatgpt

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް