ރިޔާސީ އިންތިހާބު: ގައުމީ ކޮމްޕްލެއިންޓްސް ބިއުރާ ގާއިމްކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފިއެވެ. މިކަން ހާމަކޮށް އިލެކްޝަންސް އިން ބުނެފައިވަނީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ...

22 Jul 2023 | 11:30

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް އިން ބުނެފައިވަނީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" މިހާރު އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ޤާއިމު ކޮށްފައިވާނެކަމަށެވެ.

"ޝަކުވާ ހުށަހަޅާ ފޯމު ލިބެންހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުންނެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ" އިލެކްޝަންސް އިން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ގާއިމުކުރި މި ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected]  އެވެ. އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައްވެސް ބަލައިގަންނާނެކަމަށް އިލެކްޝަންސް އިން ބުނެފައިވެއެވެ.

އިލެކްޝަންސް އިން ބުނެފައިވާގޮތުގައި ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް