އުރުދުންގެ ރެސްޓޯރެންޓެއްގައި ދެ ބަނޑަށް ކައިގެން ވާ ވަރުބަލީގައި ނިދޭނެ އިންތިޒާމު ހަމަޖައްސައިފި

އުރުދުންގެ އައްމާނުގެ ރެސްޓޯރެންޓެއްގައި ވަރުގަދައަށް ކައިގެން ނިދި އަންނަ ނަމަ ނިދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ މުއާބު ރެސްޓޯރެންޓް ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގ...

22 Jul 2023 | 11:06

އުރުދުންގެ އައްމާނުގެ ރެސްޓޯރެންޓެއްގައި ވަރުގަދައަށް ކައިގެން ނިދި އަންނަ ނަމަ ނިދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި އިންތިޒާމު ހަމަޖައްސާފައިވަނީ މުއާބު ރެސްޓޯރެންޓް ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައެވެ. މި އިންތިޒާމު އެ ރެސްޓޯރެންޓުން ހަމަޖެއްސީ އެ ގައުމުގެ ގައުމީ ކެއުން ކަމުގައިވާ "މަންސަފް" ކެއުމަށްފަހު އާންމުގޮތެއްގައި ނިދި އަންނަގޮތްވާތީ ކަސްޓަމަރުންނަށް އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

"މަންސަފް" އަކީ ކުކުޅާއި ބަތާއި ރޮއްޓާއި ޔޯގަޓާއި އެކުލެވިގެންވާ ބޮޑު، ބިޔަ ބަރުހެލި ކެއުމެކެވެ. "މަންސަފް" ކެއުމަށްފަހު ނިދި ނައިސް ނުދާނެކަމަށް އެމީހުން ގަބޫލު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް