ބޮލީވުޑް ތަރި، އަރްޖޫން ރާމްޕާލާއި އޭނާގެ އަންހެނުން ގަބްރިއެއްލާ އަށް އިތުރު ދަރިއަކު ލިބިއްޖެއެވެ. މިއާއެކު އަރްޖޫން މިވަނީ ހަތަރު ދަރީންގެ ބައްޕައަށް ވެފައެވެ.
އަރްޖޫން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އަރްޖުން ބުނެފައިވަނީ އެ ދެމަފިރިންނަށް ފިރިހެން ދަރިއަކު ލިބިފައިވާކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އަރްޖޫން އާއި ގަބްރިއެއްލާ ކައިވެނީ ކުރީ 2019 ވަނަ އަހަރުގައެވެ. މި ދެމަފިރިންނަށް ކުރިންވެސް ފިރިހެން ދަރިއަކު ލިބިފައިވާއިރު އަރްޖޫން ކުރިން ކުރި ކައިވެންޏަކަށް ދެ އަންހެން ދަރިން ތިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް