ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންޓާންޝިޕް ފެއާ އެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް ވިލާ ކޮލެޖް އިން ބުނެފިއެވެ.
މި އިވެންޓް ކުރިއަށް ދާނީ މާދަމާ ހަވީރު 3:00 ކުން ރޭގަނޑު 10:00 އަށެވެ.
ވިލާ ކޮލެޖް އިން ބުނީ މި ފެއާގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އެސްއެމްއީ ހަބްގެ އެކި އެކި ވިޔަފާރި ތަކުގެ އިތުރުން، ވިލާ ކޮލެޖް ކާސްޓްޕްރޮގްރާމްގެ ޕާޓްނަރުން މި ފެއާގައި ބައިވެރިވާނެ ކަމެވެ.
މީގެ އިތުރަށް، ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީގެ ކުޅިވަރު ސްޓޯލްތަކާއި ޒުވާނުންނަށް ކަމުދާނެ ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ލިބިގެންދާނަ ކަމަށާއި، މުނިފޫހިފިލުމުވުމުގެ އެކި ހަރަކާތްތަށްވެސް މިފެއާގެ ތެރެއިން ފެނިގެންދާނެ ކަމަށް އެ ސޮސައިޓީއިން މަޢުލޫމާތު ދެއެވެ.
މިފަދަ ފެއާއެއް ބޭއްވުމުގެ މައިގަނޑު އެއް މަޤްސަދަކީ ޒުވާނުންނަށް ފަސޭހައިން ވަޒީފާގެ ފުރުސަތު ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދީ، ޒުވާނުން ވަޒީފާގެ މާހައުލަށް ނެރެ، ޤައުމު ބިނާކުރުމުގައި އިސްދައުރެއް އަދާކުރާބަޔަކަށް ޒުވާނުން ހެދުން ކަމަށް ވިލާ ކޮލެޖް ބިޒްނަސްސޮސައިޓީގެ ނައިބް ރައީސް އަޙްމަދު އުވައިސް މުހައްމަދު ވިދާޅުވިއެވެ.
އަދި ހަޔާ އެޑިޔުކޭޝަން ކޮމިއުނިޓީ އާއި ވިޔަފާރި ކުންފުނި ތަކާ ދެމެދު އޮތް ނެޓްވޯކިންގެތެރެއިން ވިޔަފާރިތަކަށް ޤާބިލު ޒުވާން މުވައްޒަފުން ހޯދައިދިނުމަށް ފަސޭހަކޮއްދިނުމަށްޓަކައި ކަމަށްވެސް އުވައިސް އިތުރަށް ވިދާޅުވިއެވެ.
މި ފެއާގައ ބައިވެރިވާ ފަރާތްތަކަކީ:
• ބޭންކް އޮފް މޯލްޑިވްސް
• ޔުނިވާސަލް ރިސޯޓްސް
• އައިސް ނެޓްވޯކް
• އީވައި މޯލްޑިވްސް
• ޑްރެގަން ޒޯން
• ޑޮންސް ފިއަރީ ޗިކަން
• ދަ ފޮފަލް ހައުސް
• ދަ ކޯނާ
• ހޮޓް އެންޑް ސްވީޓް
• ސުއާދާސް ކިޗަން
• ލެޒެޓްލީ ބައި ނޫނޭ
• ވޮފުލް
• ވިސްކް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް