އިންތިހާބުގައި ކުރިމަތިލާން ތާއީދު ފޯމު ފުރުމުގެ މަސައްކަތް ފަށައިފިން: ޝުޖާއު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތާއީދު ފޯމު ފުރުމުގެ މަސައްކަތް ފަށާފައިވާކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ. ޝުޖާއު މިކަން ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ލޯކަލް ގަވަރމަ...

22 Jul 2023 | 07:28

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތާއީދު ފޯމު ފުރުމުގެ މަސައްކަތް ފަށާފައިވާކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ.

ޝުޖާއު މިކަން ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނައިބުރައީސްކަން ކުރިން ކުރެއްވި ޝުޖާއު ވިދާޅުވެފައިވަނީ އެ މަސައްކަތް ފައްޓަވާފައިވާނެކަމަށާއި ސޮއިކޮށްދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވާކަމަށެވެ.

"ސޮއިކޮށްދެއްވަން ބޭނުންފުޅުވާ ބޭފުޅުން 9704646 އަށް ވަޓްސް އެޕް، ވައިބަރ ކޮށްލުމުން އިންތިޒާމް ހަމަޖެހިގެންދާނެ، އިންޝާﷲ މިކަން ވާނެ" ޝުޖާއު ވިދާޅުވެފައިވެއެވެ.

ތާއީދު ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ޝުޖާއު ހާމަކުރައްވާފައިވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އެންމެ ކުރިން އިއުލާނުކުރި ފަރާތްތަކުގެ ތެރޭގައި ޝުޖާއު ހިމެނިވަޑައިގަންނަވައެވެ.

https://twitter.com/alameershujau/status/1682649626997030912

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް