މާލޭގައި ހިންގަމުން ދިޔަ ސްޕާއަކުން ހަށިވިއްކިކަމުގެ ތުހުމަތުގައި ނިވާކަންކުޑަކޮށް ތިބި ފަސް މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިކަން ހިނގާފައި ވަނީ އަލޯރާ ސްޕާ އެންޑް ސެލޫންގައި ކަމަށެވެ.
އެތަނުގައި ހަށިވިއްކަމުން ދާކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްޕެޝަލް އޮޕަރޭޝަންއާއި އެންޓި ހިއުމަން ޓްރެފިކިންގް ޑިޕާޓްމަންޓާއި އިންޓަލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ހައްސަ އޮޕަރޭޝަންއެއް ހިންގާފައެވެ.
"މި އޮޕަރޭޝަންގައި34 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި43 އަހަރުގެ ބިދޭސީ އަންހެނަކާއި38 އަހަރުގެ އަދި39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވޭ" ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައި ވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތިން އަންހެނުންގެ ބަންދަށް15 ދުވަސް، 38 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދަށް 10 ދުވަސް އަދި 39 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް