ޒުވާނުންނަށްހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމު ހިންގުމުގެ ތަޖުރިބާހުރި ވެރިޔަކު އިސްކޮށްގެން: ގާސިމް

ޒުވާނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ތަޖުރިބާހުރި ވެރިޔަކު ރައީސްކަމަށް އިސްކޮށްގެން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ފ...

22 Jul 2023 | 04:05

ޒުވާނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ތަޖުރިބާހުރި ވެރިޔަކު ރައީސްކަމަށް އިސްކޮށްގެން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ފަތިހު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ޒުވާނުންގެ ވޯޓުވެސް ނުހަނު ބޭނުންވާކަމަށެވެ.

"ޒުވާނުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމު ހިންގުމުގެ ތަޖުރިބާހުރި ވެރިޔަކު ގައުމުގެ ރައީސްކަމަށް އިސްކޮށްގެންނެވެ" ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވާއިރު ބުރާސްފަތި ދުވަހުގެ ރޭ މލޭ ސަރައްދުގައި ޒުވާނުންނަށް ހާއްސަކޮށް ޖޭޕީން ބޭއްވި ހަރަކާތުގައި ޒުވާނުންނަށް އަމާޒުކޮށް ގާސިމް ހާއްސަ މެސެޖެއް ދެއްވިއެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާ ޒުވާނުންނަށްވެސް ވަޒީފާ ކަށަވަރުވެގެންދާނެކަމުގައި އެ މެސެޖުގައި ގާސިމް ވިދާޅުވިއެވެ.

https://twitter.com/qasimibrahim/status/1682522944080330752?s=46&t=2X59PdwL-a2heYbWdZTT1g

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް