ގުރްއާން އެންދި މައްސަލަ: އިރާނުންވެސް ސްވިޑަން އާއި ހާރިޖީ ގުޅުން ކަނޑާލަން ނިންމައިފި

ސްވިޑަންގައި ކޯޓުގެ ހުއްދައަކާއެކު ފުލުހުންގެ ހިމާޔަތުގައި ކީރިތި ޤުރްޢާން އެންދި މައްސަލައިގާ އީރާނުންވެސް ސްވިޑަން އާއި ހާރިޖީ ގުޅުން ކަނޑާލަން ނިންމައިފިއެވެ. މިކަން ހާމަކޮށް އީރާނުން ބުނެފައިވަނީ ...

22 Jul 2023 | 03:39

ސްވިޑަންގައި ކޯޓުގެ ހުއްދައަކާއެކު ފުލުހުންގެ ހިމާޔަތުގައި ކީރިތި ޤުރްޢާން އެންދި މައްސަލައިގާ އީރާނުންވެސް ސްވިޑަން އާއި ހާރިޖީ ގުޅުން ކަނޑާލަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އީރާނުން ބުނެފައިވަނީ މިހާރު އެ ގައުމުގައި ހުރި ސްވިޑަން އެމްބެސެޑަރުގެ ޓާމް މިހާރު ހަމަވެފައިވާއިރު އާ އެމްބެސެޑަރެއް ދެން ބަލައިގަންނާނީ ސްވިޑަން އިން އެކަމަށް މައާފަށް އެދުމުން ކަމަށެވެ.

އިރާނުން ސްވިޑަން އާއި ހާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާއިރު އެ ގައުމުގައި އަންނަނީ މިކަމުގައި މުޒާހަރާވެސް ކުރަމުންނެވެ. މުސްލިމް އެކި ގައުމުތަކުގައި މި މައްސަލައިގާ މުޒާހަރާކޮށް ސްވިޑަންގެ އެމްބަސީތަކަށް ބައެއް ގައުމުތަކުގައި ހަމަލާވެސް ދެމުން އަންނައިރު އިރާގުގެ ރައްޔިތުން ވަނީ އެ ގައުމުގައި ހުންނަ ސްވިޑަން އެމަބަސީއަށް ހަމަލާދީ އަލިފާން ރޯކޮށް އެ ގައުމުގައި ހުރި ސްވިޑަން އެމްބެސެޑަރު ފައްސާލާފައެވެ.

އިރާގުން އިއްޔެ ހާމަކޮށްފައިވާގޮތުގައި އެ ގައުމުން ސްވިޑަންއާއި ގުޅުން ކަނޑާލައި ސްވިޑަން އެމްބަސީ މިހާރު ވަނީ އުވާލާފައެވެ. އަދި އެ ގައުމުގައި މުވާސަލާތީ ހިދުމަތް ދެމުންއަންނަ ސްވިޑަށް އަށް ނިސްބަތްވާ އެރިކްސަން ކުންފުނީގެ ހިދުމަތް ހުއްޓާލާފައިވާކަމަށްވެސް އިއްޔެ އިރާގުން ބުނެފައިވެއެވެ.

އަޟްހާ ޢީދު ދުވަހު ސްވިޑަންގެ ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ގުރްއާން އެންދީ، އިރާގުން އެ ގައުމަށް ހިޖުރަކޮށް އެ ގައުމުގެ ރައްޔިތުކަން ހޯދައިގެން އުޅޭ ސަލްވާން މޫމިކާ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ އެކަން ކުރީ ސްވިޑަންގެ ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ. އެކަން ކުރީ ފުލުހުންގެ ހިމާޔަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް