ޖަޕާނުގެ ހާރިޖީ ވަޒީރު ޔޮޝިމަސާ ހަޔާޝީ ރާއްޖެ ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާކަމަށް ބުނެފިއެވެ.
އެގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާޝީ ވިދާޅުވެފައިވަނީ މި މަހުގެ ފަހުކޮޅު ދެކުނުގެ އޭސިއާގެ ތިން ގައުމަކަށް އަދި އަންނަ މަހުގެ ކުރީކޮޅު ދެކުނު އެފްރިކާގެ ތިން ގައުމަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ.
އެގޮތުން ދެކުނު ޒިޔާރަތްކުރައްވާނެ ދެކުނު އޭސިއާގެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީ ލަންކާ އަދި ދިވެހިރާއްޖެ ހިމެނޭކަމަށް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް މި ދަތުރުފުޅުގެ ޝެޑިއުލް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހަޔާޝީ ވިދާޅުވެފައިވާގޮތުގައި ހަޔާޝީގެ މި ދަތުރުފުޅަކީ ދެކުނު އޭސިއާ އަދި ދެކުނު އެފްރިކާގައި ކުރިއަރަމުން އަންނަ ގައުމުތަކާއިއެކު ޖަޕާނުން ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް