ޕީޕީއެމް ވެރިކަމެއްގައި، މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލާނަން: އާދަމް ޝަރީފް

ހެއްކާއިބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ، ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލައްވާނެކަމުގައި އިދިކޮޅު ކޯލީޝަންގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމ...

22 Jul 2022 | 10:15

ހެއްކާއިބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ، ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލައްވާނެކަމުގައި އިދިކޮޅު ކޯލީޝަންގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ މަސްދަރު ހާމަކުރަން ޖެހޭ މާއްދާ ދިފާއުކޮށް ސަރުކާރުން ނެރުނު ނޫސްބަޔާނާ ގުޅުވައި ކުރެއްވެވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ މަސްދަރު ހާމަކުރާ ބިލު ސަރުކާރުން ތަސްދީގުކުރުމަށްފަހު މިހާރު ދައްކަނީ ބަހަނާ ކަމަށެވެ.

"ނޫސްވެރިންނަށް ހުރި ބިރުވެރިކަމާއި ގޮންޖެހުންތައް ވަރަށްގިނަ، އިރާދަކުރެއްވިއްޔާ ޕީޕީއެމް ވެރިކަމެއްގައި ހެއްކާއިބެހޭ ގާނޫނުގެ މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލާނަން" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި ނޫސްވެރިންނަށް އެތައް ގޮންޖެހުންތަކެއް ކުރިމަތި ކުުރުވިއެވެ. މިހާރު މި އޮތް ސަރުކާރުން ވެރިކަމަށް އައީ އެ ގޮންޖެހުންތައް ނައްތާލާނެކަމުގެ ވައުދާއިއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް